ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހު އ.ތ.މ ކޮމިޓީއިން އިސްނަގައިގެން ކުރިޮއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޚާްއސަ އެވެއާނަސް ސެޝަން މާދަމާ ރޭ 8:15 ގައި އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސެޝަންގެ ބައިވެރިންގެ ތެރެއިން ހޮވަލެވޭ ނަސީބުވެރި ފަރާތްތަކަށް ކޭޝް ވައުޗަރ ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. ވީމާ، ވީހާވެސް ގިނަ ބޭފުޅުން މި ސެޝަނުގައި ބައިވެރިވެ ވަޑައިގަތުން އެދެމެވެ. Ukulhas WDC Ukulhas Health Centre Ukulhas YOUTH Development Local Government Authority Ministry of Climate Change, Environment and Energy, Maldives
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހު އ.ތ.މ ކޮމިޓީގެ ފަރާތުން އިސްނަގައިގެން ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމާއި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން. މި އިވެންޓަށް ރަށުގެ މުއައްސަސާތަކާއި އާންމުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ. Ukulhas WDC Ukulhas YOUTH Development Ukulhas Health Centre Ukulhas School State Electric Company Limited Maldives Police Service Ministry of Climate Change, Environment and Energy, Maldives Local Government Authority
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހު އ.ތ.މ ކޮމިޓީ އިން އިސްނަގައިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމަށް ފަހު މަދިރި އުފެދޭ ތަންތަން ފާހަގަކޮށް އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ރޭވިފައެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބޭފުޅުން މާދަމާ (5 ޖޫން 2026) ހަވީރު 4:30 އަށް އުކުޅަހު ކޮންވެންޝަން ސެންޓަރ ސަރަހައްދަށް ވަޑައިގެންދެއްވުން އެދެމެވެ. Ukulhas WDC
ހެޔޮއެދޭ ފަރާތަކުން ވަނީ ޒަކަރިއްޔާ ހަމީދު މިސްކިތުގެ މަރާމާތަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކުރައްވާފައެވެ. އަދި މިހާރު ވަނީ މި މިސްކިތަށް ބޭނުންވެފައިވާ މަރާމާތުތައް ނިންމާލެވިފައެވެ. މި ފުރުސަތުގައި މިސްކިތު މަރާމާތަށް ބޭނުންވާ ތަކެތި ހަދިޔާ ކުރެއްވި ފަރާތަށް ޝުކުރު ދަންނަވަމެވެ. Local Government Authority